In this blog, there will be different Dhivehi writings other than stories. Such as; essays, jokes, poems, songs, raivaru, etc.... I hope you all will like these writings.

Wednesday, June 5, 2013

Loa Dhushun Maedhenee

ލޯދުށުން މައެދެނީ 


               ލޯދުށުން އަބަދު  މައެދެނީ  ތިޔަމޫނޭ  އިނގޭ
                           ފެންނަހިނދުގައި ކަލާ ކައިރިން މިހިތް އަވަސްވޭ އިނގޭ
               މިހިތަކުން ކަލާގެ  ލޯތްބެއް  ނުފޮހެމޭ  އިނގޭ
                           ތިޔަ  ހަނދާނުގައި  ރޭދުވާ  އަބަދު  ކުރަމޭ  އިނގޭ
               މިހިތުގައި ވިންދު ވާހެން  ލިބުމަށް ތިބާ އެދެމޭ
                           ތިޔަ ލޯތްބަށް މިއަދުވެސް  އިންތިޒާރު  ކުރަމޭ އިނގޭ
               ނިދިން ދެލޯ މަރާލަނީ  ތިބާ ދުށުމަށް  އިނގޭ
                           ބީވެދިޔަ ފުން ހަނދާންތަކުން  މިހިތް ފުރުމަށް އިނގޭ
               ފުންޚިޔާލުގައި ރޭދުވާ އަބަދު ތިޔަލޯބިން ކުރަމޭ
                           ތިހިތަށް ދެވުނު އަނިޔާއިން  ކަރުނަ އޮހޮރަމުން އިނގޭ
               ކަރުނުން ދެލޯފުރެނީ  ކުރާ އަސަރުން  އިނގޭ
                           ތިޔަ ލޯތްބާއި ނުލައި ވަނީ ދިރިއުޅުން ވޭނަކަށް އިނގޭ
               ހިތުގެ އަޑިން މަޢާފަށް ތިބާގެ އަރިހުން އެދެމޭ
                           ކުރެވުނު ކުށަށް އިންތިހާޔަށް  ހިތާމަ ކުރަމުން އިނގޭ
               އުފަލުގައި ތިބާވުމަށް  އަބަދު މިހިތުން އެދެމޭ
                           ވޭނާއި ހިތާމައިން  ޙަޔާތް  ތިބާގެ ފިއްލެވުން އިނގޭ
               ބޭނުމީ ޖަންނަތުން  ތިޔަލޯބި ލިބުމަށް އިނގޭ
                           ތިޔަ ދާނުގައި ލޯމަރާލުމަށް  އަބަދުގެ އަބަދަށް އިނގޭ
               ނުލިބުނަސް  މަޢާފު  ތިބާގެ އަރިހުން  ތެދޭ
                  ފަހުނޭވާގައިވެސް އެދެނީ  ދުށުމަށް ތިޔަ މޫނޭ އިނގޭ      

         

Mammaa

މަންމާ 

          ފެވެޔޭ ހަނދާން މިހިތުގައި ނިކަން ވެވުމުން ތިޔަހަނދާން މަންމާ
                         ނިޔަނެތިވި ލޯބީގެ އެފިރުމުންތައް  ކުރުމުން އިޙުސާސު މަންމާ
          މެރެޔޭ ދެލޯ އަސަރުން ނިކަން  ފުރިގެން ދެލޯ ފުން ކަރުނައިން  
                         ފެނުމުން މައިންގެ އޯގާތެރިކަން  ދަރީނަށް  އެމީހުންގެ މަންމާ
          ޖެހެޔޭ ހިތުގައި ނުދެވުމުން ނިކަން ދެއްކި ސީދާ ތެދުވެރި މަގުން
                         ދެވުމުން ފުރަގަސް އެނަސޭޙަތްތަކަށް ދިން ޢަދަދެއްނުވާ މަންމާ
          ކުރެޔޭ އިޙުސާސު ފަޅުކަން ނިކަން ނެތުމުން ކައިރީގައި ފެންނަން
                         ނިދުމުން ދިން އެލޯބި ފިރުމުންތައް  ވުމުން ބޭނުންއަދު މަންމާ
          ފުރެޔޭ ދެލޯ ކަރުނުން ނިކަން އައުމުން ހިތަށް މަންމަގެ ހަނދާން
                         ވެވުމުން ހަނދާން އެރަން ވަގުތުތައް އުފަލުން ކުރިމަޖާ މަންމާ  
          އެޅެޔޭ ހިތުގައި ކޫރުން ނިކަން  ދެވުނު ހިތިކަމާއި  ކަރުނަތަކުން
                         ފޮހިގެން ނުދާނެޔޭ އެއަސަރުތައް  ޒަމާން އެތައްވިޔަސް މަންމާ
          ވެވެޔޭ ޖަމާ ހިތި ކަރުނުން ނިކަން  ފުރިގެން ދެލޯ ފުންއަސަރުން
                         ފެވުމުން މާޒީގެ އެކަޅު ސޮފްޙާތައް  އައުމުން ހަނދާން މަންމާ 
          އެދެޔޭ އަބަދަށް މިހިތް ނިކަން  ވުމަށް ކައިރީގައި އަބަދުމެ އުޅުން
                         ނިމިގެން ނުދާނޭ ވަގުތު ހޭދަކުރުމަށް އެކުގައި އަހަރެން މަންމާ
          ފެނެޔޭ މެރުމުން ދެލޯ ނިކަން އަބަދުމެ މަންމަގެ ހަނދާން ފެށުމުން
                         އަސަރުން ދެލޯ ތެމެނީ ކަރުނުން  ކުރުމުން ހުވަފެނުން މަންމާ
          އެދެޔޭ ވުމަށް ޖަންނަތުން ނިކަން  އެކުގައި މަންމަޔާއިއެކު އުޅުން
                އެދިގެން ބޭނުމީ އަބަދުމެ ލިބުމަށް  އެޙަޔާތް  އެކުގައި މަންމާ  


Huvafen

ހުވަފެން 

           ކުރަނީ އަސަރު ކީއްވެހޭ މިހިތަށް  ފެނުމުން  ކަލާ  ހުވަފެނުން
                          ތިޔަސޫރަމެ އަބަދުހެން ފެންނަނީ  މެރުމުން  ދެލޯ ހުވަފެނުން
           މަރަނީ ދެލޯ އަޅާ ވޭނުން ނިކަން  ނިދުމުން ކަލާ  ސިފަވުމުން  
                          ލިބިދޭ ވޭނަށް ކެތްނުވެޔޭ  ވެވުމުން ތިޔަ ހަނދާން ހުވަފެނުން
           ފަވަނީ މާޒީގެ ފޮނިފުން ހަނދާންތައް  އަކުރުގެ ރަން ގަލަމަކުން
                          އަހަރުއެތައްވީ ފުން އިޙުސާސްތައް ކުރަނީ ފެނުމުން ހުވަފެނުން
           ކުރަމޭ ސުވާލު މިހިތާއި ޝަކުވާއިން ފެނެނީ ކީއްވެހޭ އަބަދުހެން
                          ކުރަނީ އުނދަގޫ އެހަނދާންތަކުން ފެނުމުން އެކަން ހުވަފެނުން
           ކަރަނީ ދެލޯ ހިތަށްކުރާ އަސަރުން ވެވުމުން ޖަމާ ހިތިކަރުނައިން
                          އަޅަނީ ވޭން އޭރުދެވުނު އަނިޔާއިން އައުމުން ތިބާ ހުވަފެނުން
           ތަޅަނީ ހިތުގައި ރަން މިޔުޒިކުން ނަށަމުން ލޯބީގެ އާ ލަވަޔަކުން
                          ފެވެނީ ލެއިން ހިތުގައި ކުރުވަމުން އިޙުސާސު ލޯބި ހުވަފެނުން
           ނިދަނީ ވިސްނެމުން ތިބާގެ މަތިން ދުށުން އެދެމުން ހިތުގެއަޑިން   
                          ނުވެ ބޭނުންހުރެ ފުރުމަށް ތިލޯބިން މިހިތް ތިބާއެކު ހުވަފެނުން
           ކުރަނީ ރޭދުވާ ހޭދަ ވިސްނަމުން ފުންމާޒީގެ ފޮނި ހަނދާންތަކުން   
                          ފޮޅެނީހިތް ނޭނގޭ ޖަޒުބާތަކުން ކުރުމުން އިޙުސާސު ހުވަފެނުން
           އަޅަނީ ހާރު ލޯބީގެ ރަންބޮޅުތަކުން ފެވިގެންވީ ލޯބީގެ ހަދިޔާއަކުން
                          ފޮހިގެންނުދާނޭ އެރަން ވަގުތުތައް ކުރިހޭދަ ތިބާއެކު ހުވަފެނުން
           މަރަނީ ދެލޯ ބޭނުންވެގެން މިހާރު ކުރުމުން އިޙުސާސު ލޯބީގެފުން
                          ދުށުމަށްއެދެނީ ތިބާ އަބަދުހެން ފަހުނޭވަޔާ ހަމަޔަށް ހުވަފެނުން